އުމުރުން113 އަހަރުގެ ސުޕެއިނުގެ އަންހެނަކު ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.
މާރިއާ ބްރަންޔަސް ނަމަކަށް ކިޔާ މި އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސުޕެއިން ލޮކްޑައުންއަށް މާރޗުމަހު ގެނަފަހުންނެވެ.
އެތައް ހަފްތާގެ އައިސޮލޭޝަނަށްފަހު ބްރަންޔަސް މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. މައުލޫމާތު ލިބޭގޮތުގައި ބްރަންޔަސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނަމަވެސް މާބޮޑެތި އަލާމާތްތަކެއް ފެނިފައެއް ނުވެއެވެ. ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑެތި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
މިއާއެކު ބްރަންޔަސް މިހާރު ވެގެން ގޮސްފައިވަނީ، 1918 އިގައި ފެތުރުނު ސްޕެނިޝް ފްލޫ އާއި 1936 އާއި 1939އާ ދެމެދު ކުރިއަށް ދިޔަ ސްޕެއިނުގެ ދާހިލީ ހަނގުރާމައާއި އަދި ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވި މީހެއްގެ ގޮތުގައެވެ.
މާރިއާ ބްރަންޔަސް އުފަންވެފައިވަނީ 1907 ވަނަ އަހަރު މެކްސިކޯގައެވެ. އޭގެ ދެއަހަރުފަހުން ބްރަންޔަސްވަނީ ސަން ފުރެންސިސްކޯއަށް ހިޖުރަ ކޮށްފައެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބްރަންޔަސްގެ ބައްޕައާއެކުވަނީ ސުޕައިނަށް ހިޖުރަ ކޮށްފައެވެ. ބްރަންޔަސް އަށް ތިން ދަރިން ލިބިފައި ވެއެވެ.
ބްރަންޔަސް މީގެ20 އަހަރު ކުރިންސުރެއް ދިރިއުޅެމުން އަންނަނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ސެންޓަރެއްގައެވެ.



