އިއްޔެއަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން ބުރެޒިލުން މަރުވި ދުވަހެވެ.
ބުރެޒިލްގެ ހެލްތު މިނިސްޓްރީއިން ވިދާޅުވެފައިވަނީ ކޮވިޑް-19 ޖެހިގެން ބުރެޒިލުން މަރުވި މީހުންގެ އަދަދު އިއްޔެ 881 އަރައިފައިވާ ކަމަށާއި މިބަލީގައި ބުރެޒިލުން މިހާތަނަށް 12،400 މީހުން މަރުވެފައިވާ ކަމަށެވެ.
މީގެ މާނައަކީ ކޮވިޑް-19 ޖެހިގެން މީހުން މަރުވާ ނިސްބަތަށް ބަލާއިރު ބުރެޒިލް މިހާރު ވެގެންގޮސްފައި މިވަނީ މުޅި ދުނިޔެއިން ހަވަނައަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވި ގައުމުގެ ގޮތުގައެވެ. އަދި ލެޓިން އެމެރިކާގައި މިބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއަދަދުތަކަށް ވުރެ ބުރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަސްލު އަދަދުތައް އެކަށީގެން ވެއެވެ. ނަމަވެސް، ކޮވިޑް-19 އަށް ޓެސްޓުކުރާ ނިސްބަތް މަދުވުމުގެ ސަބަބުން މިބައްޔަށް ޕޮޒިޓިވްވާ އަދަދުގެ ސައްހަކަން ކަށަވަރު ނުވާކަމަށެވެ. ބުރެޒިލްގައި ކޮވިޑް-19 އަށް ޓެސްޓުކުރަނީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދައްކަން އަންނަ ފަރާތްތަކެވެ.
ބުރެޒިލްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދަކީ 178،214 އެވެ. މިދިއަ އަންގާރަ ދުވަހު އެކަނިވެސް ބުރެޒިލް އިން މިބައްޔަށް 9،000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވެއެވެ. ޕޮޒިޓިވްވީ އަދަދުތަކަށް ބަލާނަމަ ބުރެޒިލް މިހާރު އުޅެނީ ދުނިޔޭގެ ނިސްބަތުން ޖަރުމަނަށްވުރެ މަތިން ހަތްވަނައިގައެވެ.




