ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެސަރވިސްގެ އަންހެން އޮފިސަރ ކެޕްޓަން ހަނާ މުޙައްމަދު، ފުށިފަރު ކަރަންޓީނު ފެސިލިޓީގެ އެމްއެންޑީއެފްގެ ކޮމާންޑަރަކަށް ހަމަޖައްސަވާފައިވާކަމަށެވެ. އަދި މިއީ ކަރަންޓީނު ފެސިލިޓީއަކަށް ސިފައިންގެ އަންހެން އޮފިސަރެއް ކޮމާންޑަރު ޕޯސްޓަށް ހަމަޖެހުނު ފުރަތަމަ ފަހަރުކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
MNDF ge Anhen officer Captain Hana Mohamed, Fushifaru quarantine facility ge MNDF ge commander akah. pic.twitter.com/zgRNZLElj7
— Maldives National Defence Force (@MNDF_Official) May 13, 2020
މީގެން ސިފައިންނަކީ ހިންގާ އޮޕަރޭޝަންތަކުގައި މިންތީގެ ހަމަހަމަކަމާއެކު ޙަރަކާތްތެރިވާ ބައެއްކަން ހާމަވެގެން ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބަލި ޖެހޭ މީހުންނާއި ޝައްކުކުރެވޭ މީހުންގެ އިތުރުން ބޭރުން އަންނަ މީހުން ކަަރަންޓީނު ކުރުމަށް ގިނަ ފެސިލިޓީތަކެއް ރާއްޖޭގައި ޤާއިމުކޮށްފައިވާއިރު، މިތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ދިވެހި ސިފައިންނާއި ފުލުހުންނެވެ.




ހިޔާލު
ކިހާވަރަކުން ދާނެބާ