އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރު.އެމްވީ

އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ހަދައިފި

އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ހަދައިފިއެވެ.

އޭޑީކޭ އިން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޕީސީއާރް ސިސްޓަމް މިއަދު އިންސްޓޯލްކޮށްފައިވާ ކަމަށެވެ. މިއާއެކު ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑް-19 އަށް ކުރެވޭ ޓެސްޓަކަށް އެތަށް ސަތޭކައެއް އިތުރުވެ، ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ކެޕާސިޓީ މިއަދުން ފެށިގެން އިތުރުވެގެން ދާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

އަދި މިއަދު ހަރުކުރެވުނު މިމެޝެނާއެކު އެހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާރު ދިމާވެފައި މައްސަލަައަށް ހައްލެއް ލިބިގެންދާނެކަމަށްވެސް އޭޑީކޭއިން ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ އައިޖީއެމްއެޗް އާއި ފުލުހުންގެ ފޮރެންސިކްގައި ހުންނަ މެޝިނަކުން އެކަންޏެވެ. އަދި ރާއްޖޭގެ މިހާރުގެ ޓެސްޓިން ކެޕޭސިޓީއަކީ 300 އާއި400 އާއި ދެމެދެވެ.

އެހެންކަމުން ރާއްޖޭގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ޓެސްޓުކުރެވޭ ކެޕާސިޓީ ވަރަށް ދަށެވެ. އެކަމާ ސިއްޙީ މާހިރުން ކަންބޮޑުވުންވެސްވަނީ ފާޅުކޮށްފައެވެ.

ރޭ ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދުޅު ދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްތްކުރެވޭ އަދަދު ދުވާލެއްގެ މައްޗަށް އަދަދު 1،000 ވުރެ ގިނަ ކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށެވެ. އަަދި އަލަށް ރާއްޖެ ގެއްނަ މެޝިންތަކުން 1،000 ވުރެ ގިނަ ޓެސްޓް ދުވާލަކު ހެދޭނެ ކަމަށްވެސް  މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އެކިހިސާބުތަކުގައިވެސް މިބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ