ދިވެހިރާއްޖެއިން ކޮވިޑް-19 އަށް އިތުރު 51 މީހަކު ޕޮސިޓިވް ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭގެ 12 އިން ފެށިގެން މިހާތަނަށް 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއާއި އެކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 ކަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 40 މީހަކު މިބަލިން ރަނގަޅު ކުރެވިފައިވާއިރު ތިން މީހަކު ވަނީ ނިޔާވެފައެވެ.
މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.
ތަފްސީލް އަންނަނީ....



