ލޮކްޑައުން އާއިއެކު ބޮޑުވީ ބަނޑު!

ލޮކްޑައުންގެ ފުރަތަމަ 14 ނިއްމާ ދެވަނަ 14 ނިމުމަކާއި ގާތްވެފައިވާއިރު، ގޭގައި އެންމެން ތިބީ ފޫހިވެފައެވެ. އެއާއެކު، ސޯޝަލް މީޑިއާއިން އެންމެ ގިނައިން ފެނިގެންދިޔައީ، ފާޑު ފާޑުގެ މީރުހާ ކާތަކެތި ހަދައިގެން އޭގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް އަޅަން ފެށިތަނެވެ. މީގެ ކުރިން މަސައްކަތުގައި ބިޒީވެގެން ދުވާލަކު އެއްފަހަރު ކައިގެން އުޅުނު މީހުންވެސް ލޮކްޑައުގައި ތިބެ ފޫހިވެގެން ކުރި ކަމަކީ އަބަދުމެ ކެއުމެވެ. ހަމަ އެއާއެކު، ފަލަވެގެން ހިކެން މަސައްކަތް ކުރި މީހުންވެސް އިތުރަށް ވީ ފަލައެވެ.

ވާނީވެސް އެހެންތާއެވެ. ލޮކްޑައުން ކުރުމާއި ގުޅިގެން ޖިމް ތައްވެސް ބަންދުވީއެވެ. ބަރުދަން ލުއިކުރުމުގެ ބޭނުމުގައި، ކުރިން ދިޔަ ކަސްރަތު ކުލާސްތަކަކަށް ނުދެވެއެވެ. ދުވަން ދިޔަ ޓްރެކް ސަރަހައްދުވެސް އެއޮތީ ބަންދުކޮށްފައެވެ. އެހެންކަމުން ގޭގައި އޮވެ އޮވެ ކަންނެތް ވުމުން އަބަދު ކެވޭނީތާއެވެ.

އަދި ހާއްސަކޮށް މިއީ ރޯދަމަހަށް ވުމާއި ގުޅިގެން، ފާޑުފާޑުގެ ހެދިކާ ތަކާއި ފޮނި އެއްޗެހި ކާލެއް ގިނަވާނެއެވެ. ލޮކްޑައުންގައި ތިއްބަސް މި ރޯދަމަހުވެސް ގޭގޭގައި ތަފާތު ކާއެއްޗެހި ނަހަދައެކޭ ނުބުނެވޭނެއެވެ. ކައިގެން ކަސްރަތަށް ކުރިން ހިނގާލަން ދިޔަޔަސް މިހާރު އެކަމެއްވެސް ނުކުރެވޭނެއެވެ. އެހެންވީމާ ކައިކައިގެން އަބަދު ބަނޑު ދަމަން ހަމަ އޮންނަޖެހިފައި މިވަނީ ގޭތެރޭގައެވެ.

ކޮންމެއަކަސް، ލޮކްޑައުންއާއި ގުޅިގެން، ފަލަވާ ވާހަކައަކީ، މިހާރު އަބަދުހެން ދައްކާ ވާހަކައެކެވެ. ބަނޑެއް ލައިފާނެތީ ބިރުން އަބަދު ކަސްތަރު ކުރި މީހުންވެސް ބޮޑު ބަންޑެއް ފެންނަން ހުރުމުން އެކަމުގެ ޝަކުވާ ކުރަނީއެވެ. ލާން ގެންގުޅުނު ފަޓޫލޫނާއި ޖިންސުތައްވެސް މިހާރު އުނަގަނޑުން މައްޗަކަށް ނާރައެވެ. ގަމީހުގެ ގޮށްތައްވެސް އަޅުވަން ޖެހެނީ ގަދަކަމުންނެވެ.

އެހެންނަމަވެސް، ގޭގައި ތިބެގެންވެސް ބަނޑެއް ލިޔަ ނުދީ ނުވަތަ އިތުރަށް ފަލަ ވިޔަ ނުދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. ކަސްރަތު ވީޑިއޯތައް ޔޫޓިއުބް އިން ބަލައިގެންވެސް ގޭގައި ޖިމް ފެންވަރަށް އެކްސަސައިޒް ޖެއްސިދާނެއެވެ. އަދި ފަލަވެގެން ހާސްވެގެން އުޅޭކަން ނުޖެހެއެވެ. ތިޔަ ކަންނެތްކަން ފިލުވާލާ އަވަހަށް ގޭގައި ކަސްރަތު ކުރަން ފަށާށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ