އެންއީއޯސީގެ ބޭނުންތަކަށް ކްރޮސްރޯޑްސް އިން 6 ބަގީ ހަދިޔާކޮށްފި

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ރެޕިޑް ރެސްޕޮންސް ޓީމްގެ ބޭނުންތަކަށް، މާލޭގައި ދުއްވުމަށް ކްރޮސްރޯޑުން 6 އިލްކްޓްރިކް ބަގީ ފޯރުކޮށްދީފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މާލޭގެ މަގުތައް ހަނިވުމާއި ގުޅިގެން، އޭންއީއޯސީގައި މިހާރު ހުރި ވެހިކަލްތައް ބޭނުންކުރުމުގައި ދަތިތަކާއި ކުރިވަމުންދާތީ، ރިސޯޓްތަކުގައި ބޭނުންކުރާ ބަގީ ކޯވިޑް-19 އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހޯދާދިނުމަށް އެ މިނިސްޓްރީގައި އެދިފައިވާކަމަށެވެ.

އެގޮތުން ކްރޮސްރޯޑް މޯލްޑިވްސްގެ ހާޑްރޮކް މޯލްޑިވްސްއާއި، ސައި ލެގޫން މޯލްޑިވްސްގެ އެހީއާއިއެކު މާލޭގައި ބޭނުންކުރުމަށް 6 ބަގީ ގެނެސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މި ބަގީތައް ގެނެސްފައިވަނީ މިއަދުއެވެ.

މިވަގުތު ސާމްޕަލް ނެގުމާއި އަދި ކޯވިޑާއި ގުޅިގެން ގޭގެއަށް ގޮސް ކުރަންޖެހޭ މަސައްކަތްކުރަނީ އެމްބިއުލާން ބޭނުންކޮށްގެންނެވެ. ނަމަވެސް މި އެމްބިއުލާންތަކަކީ ބޮޑެތި އެމްބިއުލާންސްތައްކަމުން، މާލޭގެ ހަނި ގޯޅިތަކާއި މަގުތަކުގައި ބޭނުންކުރުމުގައި ދަނީ ދަތިތަކާއި ދިމާވަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 މިހާތަނަށް 904 މީހަކުވަނީ ޕޮސިޓިވް ވެފައެވެ. އަދި މިބަލިން ރަނގަޅު ކުރެވިފައިވަނީ 32 މީހުންނެވެ. 03 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ