ބަދިގެތެރޭން މިއަދު މިގެނެސްދެނީ ކްރީމް ޖެހި ބަނަސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 8 ބަނަސް
- 1 ޖޯޑު ހަކުރު (މުގުރާފައި)
- 1/2 ޖޯޑު ގެރިކިރު
- 1 ސައިސަމްސާ ވެނީލާ އެސެންސް
- ކާ ކުލަ (ކުލަ އަރާވަރަށް)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ މުގުރާފައި ހުރި ހަކުރު ގެ ތެރެއަށް ގެރިކިރު، އެސެންސް އަދި ކާކުލަ އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. މިހާރު މިވަނީ ކްރީމް ގަނޑު ތައްޔާރުކޮށް ނިމިފައެވެ.
ކްރީމް ގަނޑު ތައްޔާރުކޮށް ނިމުމުން ބަނަސް ތަށް މެދުން ފަޅާލާށެވެ. ދެން ބަނަސް ތަކުގެ މެދުގައި ތައްޔާރުކުރި ކްރީމްގަނޑު ހާކާލާށެވެ. މިހާރު މިވަނީ ކްރީމް ޖެހި ބަނަސް ތައްޔާރުކޮށް ނިމިފައެވެ.



