ކޮވިޑް-19 އަށް ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ވަނީ ފިލައިފައި ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް އަޒީޒް ވިދާޅުވީ ހަތް ބިދޭސީއަކާއި ގުޅޭނެ ގޮތް ނުވެގެން އެމީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮއްފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ހޯދިފައިވާ ކަމަށެވެ.
"ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ވަނީ ފިލައިފައި. އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކު. އެ މީހުން ފިލުމާ ގުޅިގެން އެޗްޕީއޭ އިން ޕޮލިހަށް އެންގި. އެ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދައިފައި. އަދިވެސް ތިން މީހަކު ނުފެނޭ." މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 955 މީހަކުވަނީ ޕޮސިޓިވް ވެފައެވެ. އޭގެތެރެއިން 40 މީހަކު ރަނގަޅު ވެފައިވާއިރު 3 މީހަކުވަނީ ނިޔާވެފައެވެ.



