ފޮޓޯ:އެމްއެންޑީއެފް

ކޮވިޑް-19 ގައި ރާއްޖެއިން 4 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިރޭ 11:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 88 އަހަރުގެ ކޮވިޑް-19ގެ ބަލިމީހާ ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި ހަތަރުވަނަ މީހާއެވެ. ކޮވިޑް-19 ޖެހިގެން މީގެކުރިން ނިޔާވެފައިވަނީ ދެދިވެހިންނާއި ބިދޭސީއެކެވެ. އަދި މިއަދު ނިޔާވި މީހާއަކީ މިބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި އަންހެން މީހާގެ ފިރިމީހާއެވެ.

 

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ