ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފިއެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ގޮތުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ގުޅީފަޅު ހިމެނޭ ގޮތުން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިއުލާން ކޮށްފައިވަނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމާއެކު މާލެ ސަރަހައްދުން ހާއްސަ ހުއްދައަކާއެކީ މެނުވީ ނުފުރޭނެ ގޮތަށް ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އަށް މުޅި ރާއްޖެއިން މިހާތަނަށްވަނީ 955 މީހަކު ޕޮޒިޓިވްވެފައެވެ. މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 40 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިންވަނީ ހަތަރު މީހަކު ނިޔާވެފައެވެ.

ލޮކްޑައުންގެ މުއްދަތުގައި ހާއްސަ ހުއްދައެއް ނެތި އެއްރަށުން އަނެއް ރަށަށް ދިއުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައި މިވަނީ ރާއްޖޭގެ ބައެއް ސިޔާސީ އިސްފަރާތްތަކުން ލޮކްޑައުންއާއި ދެކޮޅަށް ވާހަކަ ދައްކަމުންދާ ދުވަސްވަރެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ