މޫކައި ސޫޓްސްގައި ހިނގި އަލިފާނުގެ ހާދިސާގައި އެންސްޕާގެ ސަރވާތަކަށް ގެއްލުން ލިބިއްޖި

މޫކައި ސޫޓްސްގައި ހިނގި އަލިފާނުގެ ހާދިސާގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސަރވާތަކަށް ގެއްލުން ލިބި އެންސްޕާގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އެންސްޕާއިން ބުނީ ރޭގެ އަލިފާނުގެ ހާދިސާގައި އެ އެޖެންސީގެ ސާވާތައް ގެއްލުން ލިބިފައިވާކަމަށާއި މައްސަލަ ހައްލުކުރަމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންސްޕާ ހިންގަމުން އަންނަނީ މޫކައި ސޫޓްސްގެ 4 ވަނަ ފަންގިފިލާގައެވެ. 

އެންސްޕާގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ މައްސަލަ ހައްލުވަންދެން އެއެޖެންސީ ގުޅަން ބޭނުންވާ ފަރާތްތަކުން 7801402 އަށް ގުޅަމުން ގެންދިޔުމަށްވެސް އެ އެޖެންސީ އެދެއެވެ.

މިހާދިސާ ހިނގީ ރޭ 21:27 އެހައިކަންހާއިރު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ