ހިތްމޮޅު ދިވެހިން!

ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނާއި އަޅާބަލާއިރު ދިވެހިންނަކީ ހިތްމޮޅު ބައެކޭ ބުނެވިދާނެހެއްޔެވެ؟

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ގިނަ ފަހަރަށް ގޭގައިކައްކާއެއްޗެއް ނުދިރޭ މީހުންނެވެ. މިހެން މި ބުނެވުނީ ތިންއިރަށް ބޭރުން ކައިގެން އުޅޭ މީހުން ގިނަކަމުންނެވެ. މި ދައްކަނީ ލޮކްޑައުންގެ ކުރީގެ ވާހަކައެވެ. ތަރައްގީވަމުންއަނަން ގައުމުތަކުގެ ތެރޭގައި ރާއްޖެ އޮތް އިރު ގިނަ ދިވެހިންގެ ހިތްތައް އޮތީ ތަރައްގީވެފައިވާ ބޮޑެތި މުއްސަނދި ގައުމުތަކުގެ މީހުންނަށްވުރެ ފެންވަރުގައި އުޅުމަށެވެ.

ފަހަށް ރައްކާކުރުމާއި ބޭކާރުހަރަދު ކުޑަކޮށް އުޅެން މިއަދުގެ ޒުވާނުންނަށް ނުވެސް އިނގޭ ކަހަލައެވެ. ރާއްޖެ ލޮކޮޑައުން ކޮށްފައިވާ މިދަނޑިވަޅު ދިވެހި އިގްތިސާދުވަނީ ބޮޑުތަނުން އަޑިއަލާލާފައެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި ބައެއް މީހުންގެ މުސާރަ ކުޑަކުރުމުންވެސް ބޭކާރު ހަރަދު ކުރުން ކުޑަ ކުރުމުގެ އަލާމާތެއްވެސް ނުފެންނަންޏާ މިހެން ވެސް ބުނެވޭނެ ނޫންހެއްޔެވެ. ޕަބްޖީ ފަދަ ގޭމު ތަކަށް ދުވާލަކު ހާހުން ދެހާހުން ހަރަދުކުރާ ޒުވާނުން އަދިވެސް މަދެއް ނުވެއެވެ.

ދުނިޔޭގެ އެކި ހިސާބުގައި ގިނަ މުއްސަނދިންވެސް އާދައިގެ ދިރިއުޅުމަށް ލޯބިކޮށް އުޅެމުންދާތަން ފެނެއެވެ. ނަމަވެސް ގިނަ ދިވެހިންގެ ވިސްނުމުގައި ލޯނެއް ނަގައިގެންވެސް އެންމެ ފަހުގެ ސައިކަލަކާއި ފޯނެއް އަތުގައި އޮންނަން ޖެހެއެވެ. ލާން ބޭނުންވަނީ އެންމެ އަގުބޮޑު ބްރޭންޑަ ތަކުގެ ހެދުންތަކެވެ. އުޅެން ބޭނުންވަނީ ފައިވް ސްޓާރ ފެންވަރުގައެވެ. މިއަށް ކިޔާނީ ހިތްމޮޅުވުން ނޫން ދެން ކޮން އެއްޗެއްތޯއެވެ؟

ކޮވިޑް-19 ގެ ސަބަބުން ބަދަލުވެފައިވާ މިވާ ހާލަތުގައި އާދައިގެ ދިރިއުޅުމަށް ލޯބިކޮށް ހިތްތައްތިރި ކުރުން ކިހިނެއް ވާނެހެއްޔެވެ؟

މިލިޔުން ކިޔާލުމުން
26335
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ