ލޮކްޑައުންއާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް އިތުރު 3 ރިސޯޓެއް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެފައިވަނީ ކަރަންޓީން ކުރުމަށް ހދ. އަތޮޅާއި، ފ. އަތޮޅު އަދި މ. އަތޮޅުން 3 ރިސޯޓް ހަމަޖެހިފައިވާކަމަށާއި، އަތޮޅު ތެރެޔަަށް ބަލި ފެތުރުން ކުޑަކުރުމަށް އުނދަގުލަސް މިއީ ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ. އަލީ ވަހީދު ވަނީ ކެތްތެރިކަމާއެކު ހިތްވަރު ގަދަ ކުރައްވުމަށް އެދިލައްވާފައެވެ.
Lockdown aa gulhigen rashah nudhevi Male’ga thaashivefa thibi rayyithun quarantine kurumah ithuru 3 resort hama jehijje. HaaDhaal, Faaf adhi Meem atholhun. Atholhu tereyah bali fethurun kuda kurumah, undhagulas miee nuhanu beynuntherikameh. Keiytherikamaeku hivvaru gadha kuravva.
— Ali Waheed (@ali20waheed) May 14, 2020
ހދ. އަތޮޅުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އަދި ފ. އަތޮޅުން ފިލިތެޔޮ ރިސޯޓްހަމަޖައްސާފައިވާއިރު، މ އަތޮޅުން ހަމަޖައްސާފައިވަނީ މެދުފުށި ރިސޯޓެވެ.
މާލޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާތީ އެ ބަލި އަތޮޅުތެރޭގެ ރަށްރަށަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފަރާތްތައް ސީދާ ރަށުގެ ކަރަންޓީންއަށް ފޮނުވުމުގެ ބަދަލުގައި ސަރުކާރުން މި ވަނީ އެ ފަރާތްތަށް ޓްރާންސިޓް ކަރަންޓީންގެ ގޮތުގައި ކަނޑައެޅި ރަށްތަކަށް ފޮނުވުމަށް ނިންމާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެވެސް ވަނީ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފައެވެ. އަދި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލެއަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ. މާލެއަށް އަރާފޭބުން މަނާކޮށް ކަނޑުމަގުންނާއި ވައިގެ މަގުން މާލެއަށް ކުރަމުންދިޔަ ދަތުރު ތައް ހުއްޓާލުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރަށަށް ނުދެވި ވަނީ މާލޭގައި ތާށިވެފައެވެ.
އެގޮތުން ބޭސްފަރުވާއަށް މާލެ ގޮސްތިބި ފަރާތްތަކާއި ރަށަށް އައުމަށްޓަކައި ރިސޯޓްތަކުންނާއި އެހެން ތަންތަނުން މާލެ ގޮސްފައިވާ ފަރާތްތައްވެސް ހިމެނެއެވެ.
ޢަލީ ވަހީދު އިތުރަށް ވިދާޅުވެފައިވަނީ މި 3 ރިސޯޓްގެ އިތުރުން މިހާރުވެސް އިތުރު 4 ރިސޯޓެއް ހަމައެކަނި ފުރަބަންދުވީ ރައްޔިތުން ކަރަންޓީން ކުރުމަށް ބޭނުން ކުރަމުން ދާކަމަށެވެ. އެގޮތުން އައްޑޫ އަތޮޅާއި، ދ. އަތޮޅާއި، ޅ. އަތޮޅާއި، ރ. އަތޮޅުގައި ވާ ބައެއް ރިސޯޓްތަ ބޭނުން ކުރެވެމުންދާއިރު، އައިސޮލޭޝަން ދައްޗެއްނުވެ ފުރަބަންދު ކަރަންޓީންވެސް ކުރިޔަށް ގެންދެވޭނެކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



