މަރްހޫމް ހުސައިން އަބްދުﷲ ގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

މަރްހޫމް ހުސައިން އަބްދުﷲ ނިޔާވުމާއި ގުޅިގެން ގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ތައުޒިޔާ ދަންނަވައިފި އެވެ.

ރައީސް ޞޯލިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޖްތަމަޢަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނ.ކ.ޝ ޢިއްޒަތްތެރިޔާ ޙުސައިން ޢަބްދުﷲ އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވާކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް19 ޖެހިގެން ރޭ ރާއްޖެއިން ނިޔާވި ހަތަރުވަނަ މީހާ އަކީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މަރްހޫމް ހުސައިން އަބްދުﷲ އެވެ. މަރްހޫމް ހުސައިން އަބްދުﷲ އަކީ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ އިސްވެރިޔާ އެވެ.

ނައިބްރައީސް ފައިސަލް ނަސީމް އާއި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ހުސައިން އަބްދުﷲ ނިޔާވުމާއި ގުޅިގެން ތަޢުޒިޔާ ދަންނަވާފައެވެ.

ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ ވަނީ އެރަށަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ އެބޭފުޅާއަށް ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފަ އެވެ. 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އެ މަނިކުފާނަށް ސަރުކާރުން ވަނީ އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ