"ކޯރޓްނީ ކާރޑޭޝަން" މާބަނޑެއް ނޫން، ކުޑަކޮށް ފަލަވީ!

"ކީޕިން އަޕް ވިތް ކާޑޭޝިއަން" ގެ ތަރި އަދި ކާޑޭޝަން އާއިލާގެ އެންމެ ދޮށީ މެންބަރު "ކޯޓްނީ ކާޑޭޝަން" ދާދިފަހަކުން އިންސްޓްގަރްމްގައި ހިއްސާކުރި ފޮޓޯ އަކާއި ގުޅިގެން، ކޯޓްނީ ބަނޑުބޮޑުކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޙަބަރުފަތުރައިފައެވެ. އެހެންނަމަވެސް، ކޯޓްނީ ބަނޑުބޮޑު ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ މިވަނީ ދޮގުކޮށްފައެވެ.

ކޯޓްނީ އާއި ގުޅޭގޮތުން އާއްމުން މި ވާހަކަތައް ފަތުރާފައި ވަނީ، އިންސްޓަގްރަމްގައި އޭނާ ހިއްސާކުރި ފޮޓޯއިން އޭނަގެ ހަށިގަނޑު ކުރިއާ ހިލާފަށް ބަދަލުވެއްޖެ ކަމަށް ބުނެއެވެ. އެހެންނަމަވެސް، މި ވާހަކަތައް އޭނާ ދޮގުކުރީ، އޭނާ މާބަނޑު ނޫންކަމަށާއި، ކުޑަ ކޮށް ފަލަވީކަމަށް ބުނެއެވެ. އޭނާ މިހެން ބުނެފައިވެސް ވަނީ، އެ ފޮޓޯއަށް ފޭނަކު ކޮށްފައިވާ ކޮމެންޓަކަށް ރައްދުދެމުންނެވެ.

މީގެ އިތުރުން އޭނާ ބުނީ، އޭނާއަކީ ތިން ކުދިން ވިހާފައިވައި އަންހެނެއްކަމުން ހަށިގަނޑު އަބަދު އެއްގޮތެއްގައި ނުހުއްނާނެކަމަށެވެ.

41 އަހަރުގެ ކޯޓުނީގެ 3 ކުދިން ހުންނައިރު، މި ހުރިހާ ކުދިންގެ ބައްޕައަކީ އޭނަގެ ކުރީގެ ލޯބިވެރިޔާ "ސްކޮޓް ޑިސިކް" އެވެ. އެހެންނަމަވެސް މި ދެބައިވެރިން މިހާރު ވަނީ ވަކިވެފައެވެ.

ކޯޓްނީ އާއި ސްކޮޓް ގެ ހުންނަނީ، ދޮށީ ފިރިހެން ދަރިފުޅު މޭސަން އާއި، އަންހެން ދަރިފުޅު ޕިނެލޮޕީގެ އިތުރުން އެންމެ ހަގަ ދަރިފުޅު ރެއިން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ