ތުލުސްދޫ އަދި މިލަންދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކ.ތުލުސްދޫ އަދި ށ.މިލަންދޫ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކ.ތުލުސްދޫ މޮނީޓަރިންގެ ހާލަތައް ގެނައީ ކޮވިޑް-19ގެ 6 ކޭސް އެރަށުން ފެނުމާއި ގުޅިގެންނެވެ. އެއީ އެއް ދިވެއްސަކާއި ފަސް ބިދޭސީ އެކެވެ. އަދި މިލަންދޫ މޮނީޓަރިންގެ ހާލަތައް ގެނައީ އަމާޒު ބޯޓުން ދަތުރުކުރި އެރަށު މީހަކު ޕޮސިޓިވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑް-19 މިހާތަނަށް 982 މީހަކު ޕޮސިޓިވް ވެފައިވާއިރު، މި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ. އަދި 932 މީހަކަށް މިހާރު ފަރުވާ ދެމުންދާއިރު، 46 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޚާއްސަކޮށް އަތޮޅު ތެރޭގެ ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްޓަކައިވެސް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ