މިފަހަރު ބަދިގެތެރޭން މި ގެނެސްދެނީ މައިލޯ ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 6 ބިސް
- 1 ގެރިކިރު ދަޅު
- 3 މޭޒުމަތީ ސަމްސާ މައިލޯ
- 1 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
ބިސް، ގެރިކިރު، މައިލޯ އަދި ފެން މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް މިކްސް ވަންދެން ގިރާލާށެވެ. ދެން ޓްރޭއަކަށް ކުޑަ ހަކުރުކޮޅަކާއި ފެންފޮދެއް އެޅުމަށްފަހު ކުޑަކޮށް ރަތްވަންދެން ހޫނުކޮށްލާށެވެ. އެއަށްފަހު މިކްސްކުރި އެއްޗެހި ޓްރޭއަށް އަޅައިލާށެވެ. ދެން 30 މިނެޓް ވަންދެން އާވިން ކައްކާލާށެވެ. ނުވަތަ އަވަނުން ފިހާނަމަ 200ގައި 45 މިނެޓް ވަންދެން ފިހެވިދާނެއެވެ. މިހާރު މިވަނީ މައިލޯ ޕުޑިން ތައްޔާރުކޮށް ނިމިފައެވެ. ޕުޑިން ބޮޑަށް މީރުވާނީ ފިނިކޮށްލައިގެންނެވެ.
ހިޔާލު
Wow
ކޮމެންޓް ކުރުން ބަންދު