ބަދިގެތެރޭން – އެވަކާޑޯ މިލްކްޝޭކް

ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ އެވަކާޑޯ މިލްކްޝޭކް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ތާޒާ އެވަކާޑޯ
  • 4/3 ޖޯޑު ގެރިކުރި
  • ގިރާފައިހުރި ½ ޖޯޑު ހިކިކިރު
  • ½ މޭޒު މަތީ ސަމުސާ ވެނީލާ އެސެންސް
  • އައިސް ކިއުބް
  • އައިސް ކްރީމް

ތައްޔާރުކުރާނެ ގޮތް:

އެވަކާޑޯގެ ތޮށި މަށެމުމަށްފަހު އޭގައިވާ އޮއްތަށް ނަގާށެވެ. އެއަށް ފަހު ގެރިކިރު އަދި ރޯކިރާއެކު ރަނގަޅަށް އެއްވަންދެން މިކްސްޗަރުގައި ގިރާލާށެވެ. އަދި އެއަށްފަހު، އޭގެތެރެއަށް ވެނިލާ އެސެންސް، އައިސް ކްރީމް އަދި އައިސް ކިއުބް އެޅުމަށްފަހު އެނެއްކާވެސް އެއްކޮށްލާށެވެ. އައިސްކްރީމް ބޭނުންވާ މިންވަރަކަށް އެޅިދާނެއެވެ. ރަނގަޅަށް މިކްސްޗަރުން ގިރާލުމަށްފަހު، ތައްޓަކަށްއަޅާ، އައިސްކްރީމް ސްކޫޕެއް އޭގެ މައްޗަށް ލާށެވެ. މިލްކްޝޭކް ގެ ޓޮޕިންއަށް ވިޕިން ކްރީމް، ބަދަން ނުވަތަ ޗޮކްލެޓް ސިރަޕްވެސް އެޅިދާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ