ނަޝީދު މިއަދު އުސްފަސްގަނޑުގައި މަޑި އަރުވަނީ -ފޮޓޯ: ސަން

ރާއްޖެ އަންނަ ބޭރުގެ ޝޭހުންނާ ގުޅޭގޮތުން ނަޝީދު ސުވާލު އުފައްދައިފި

ބޭރުގެ ޝޭހުންނަށް ރާއްޖެ އެތެރެ ވުމަށް ވިސާ ދިނުމާ ގުޅޭގޮތުން ސުވާލު އުފައްދައި، އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސާރާ ދީނުގެ ހާއްސަ ދުވަހެއް ކަމަށްވާ އީސްޓާ ސްރީލަންކާގައި ފާހަގަކުރަނިކޮށް ދާދި ފަހުން ދިން ވަރުގަދަ ޓެރެރިސްޓް ހަމަލާގެ މުގުލުގައި ހުރި ކަމަށް ތުހުމަތުކުރާ، ޒަހްރާން ހާޝިމް 2016 ވަނަ އަހަރު ދީނީ ވައުޟު ދިނުމަށް ކަމަށް ބުނެ، އެހެން މީހެއްގެ ނަމުގައި ރާއްޖެ އައި ކަމެއް ނުވަތަ ނާންނަ ކަމެއް އަދި ސާފު ނުވާކަމަށެވެ.

"ބޭރުގެ ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވެ، އެ ފަދަ ފަރާތްތަކަށް ރާއްޖެ އެތެރެވުމުގެ ވިސާ ދިނުމަކީ ބުއްވެރި ކަމެއް ނޫން،" ރައީސް ނަޝިދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް މި ވިދާޅުވެފައި މިވަނީ، ރޯދަ މަހާ ދިމާކޮށް ރާއްޖެ އަންނަ ބޭރުގެ ހާފިޒުންނާއި ގާރީންނަށް ވިސާ ދޭ އުޞޫލަށް ބަދަލުތަކެއް ގެނެސް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވިސާ ދިނުމުގެ އުސޫލު އިމިގްރޭޝަނުންހަރުކަށި ކޮށްފައި ވަނިކޮށެވެ.

ޒަހްރާން ރާއްޖެ ނާންނަކަން ސާފުވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ލަންކާގެ ބައެއް މީޑިއާ ތަކުން ވަނީ އޭނާ މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގު ކުރެއެވެ.

އިމިގްރޭޝަނުން އޭރު ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުވެސް އަދި އޭގެ މާކުރިންވެސް ޒަހްރާން ރާއްޖެ އައިސްފައި ނުވާ ކަމަށާއި އޭނާ ފާއިތުވި އަހަރުތަކުގައި ރާއްޖެ އައިކަމަށް ބުނެ ބައެއް މީޑިއާއިން ދައްކާ ވަހާކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ދީނީ ވައުޟު ވިދާޅުވުމަށް ރާއްޖެ އަންނަ ރާއްޖޭން ބޭރުގެ ދީނީ އިލްމުވެރިންނާ މެދުގައި ނަޝީދު ސުވާލު އުފެއްދެވިއިރު، އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލް ސަލާމަތް ކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުޤައްރަރު އިސްލާހު ކުރުން ކަމަށްވެސް ދާދި ފަހުން ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ