ބަދިގެތެރޭން – ކްލަބް ސޭންޑްވިޗް

ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ކްލަބްސޭންޑްވިޗް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ދަޅު މަސް
  • އަސޭމިރުސް (ރަހަލާވަރަށް)
  • ލޮނު (ރަހަލާވަރަށް)
  • 2 ބިސް
  • 4 ފޮތި ކިއުކަމްބާރ
  • ލެޓިއުސް ފަތް
  • 4 ފޮތި ޓޮމާޓޯ
  • 3 ފޮތި ޕާން
  • 2 ފޮތި ޗީޒް
  • މަޔޯނައިސް
  • މިރުސް
  • ބަޓާރ
  • ފްރެންޗްފްރައިސް
  • ފިޔާ ( ވަރަށް ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ރަހަލާވަރަށް އަސޭމިރުސް، މަޔޯނައިސް، މިރުސް، ފިޔާ އަދި ލޮނު ލައިގެން މޮޑެލައި މަސްދަޅާއި އެއްކޮށްލާށެވެ. ދެން ބިސްތަކުގެ ތެރެއަށް ކުޑަލޮނުކޮޅެއް އަޅައި ރަނގަޅަށް ގިރާލުމަށްފަހު ބިސްގަނޑެއް އަޅައިލާށެވެ. ދެން 3 ޕާންފޮތީގެ ދެ ފުށް ކުޑަކޮށް ފިހެލުމަށްފަހު މަތީގައި ބަޓަރ ހާކާލާށެވެ. އޭގެތެރެއިން އެއް ޕާންފޮތީގެ މަތީގައި މޮޑެފައި ހުރި މަސްގަނޑު ފަތުރާލާށެވެ. ފަތުރާލައިފައިހުރި މަސްގަނޑުގެ މަތީގައި  ކިއުކަމްބާރ ފޮތިކޮޅު އަތުރާލައި އޭގެމަތީ ޗީޒް ފޮތި ބާއްވާލާށެވެ. ބޭއްވި ޗީޒް ފޮތި މަތީގައި އިތުރު ޕާންފޮއްޗެއް ބާއްވައި، އޭގެމަތީގައި ލެޓިއިސް ފަތްކޮޅު އަތުރާލާށެވެ. ދެން އޭގެމަތީގައި ބިސްގަނޑު ބާއްވައި، ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު އިތުރު ޗީޒް ފޮއްޗެއް މަތީގައި ބާއްވައި، ބާކީއޮތް ޕާންފޮތި އޭގެމަތީގައި ބާއްވައިލާށެވެ. ދެން ޗީޒްތައް ދިޔާ ވަންދެން ފިހެލާށެވެ. މިހާރުމިވަނީ ކްލަބް ސޭންޑްވިޗް ތައްޔާރުކޮށް ނިމިފައެވެ. ދެން ހަތަރުބަޔަށް ވާގޮތަށް ކަފާލައި ޓޫތްޕިކް އިން ހަރުކޮށްލާށެވެ. ބޮޑަށް މީރުވާނީ ސޯސް އަދި ފްރެންޗް ފްރައިސް އާއިވެސް އެއްކޮށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް