ޕީޕީއެމް އިން ހުޅުމާލޭގައި ބޭއްވި ހިނހގާލުމެއްގެ ތެރެއިން - ފޮޓޯ: ވިސާމް

ފައިސާ ހަމައަށް ލިބިއްޖެ - ޕީޕީއެމް

ދައުލަތުން ޕީޕީއެމްއަށް ނުދީ ހިފެހެއްޓީ ފައިސާ އެއްކޮށް ލިބިފައިވާ ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ލަޔާލް މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޫކޮށްފައި މިވަނީ ދަރަނިތަށް ބޮޑުވެ، އެ ޕާޓީގެ ފޯނުތައް ބިލްތައް ނުދެއްކިގެން ރަސްމީ ފޯނު ލައިންތައް ވެސް ކަނޑާލައިފައި ވަނިކޮށެވެ. އަދި ހަމައެހެންމެ ފައިސާ ދޫނުކޮށް ހިފެހެއްޓުމުން ޕާޓީ ދަރަނިވެފައިވާ ކަމަށްބުނެ، ސިވިލް ކޯޓަށް މައްސަލަވެސް ހުށަހެޅާފައިވެއެވެ.

ޕީޕީއެމްއަށް ދޭން ޖެހޭ 18 މިލިއަން ރުފިޔާ، ދޫކުރިކަމަށް ފިނޭންސުން މިދިޔަ ހަފްތާގައި ވިދާޅުވި ނަމަވެސް، ޕީޕީއެމްއިން އޭރު ވިދާޅުވީ، ފައިސާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު އެޕާޓީން ވިދާޅުވީ ހަމައަށް ފައިސާ ލިބިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވަނީ ފީނޭންސުން އެފައިސާ ނުދީ ހިފަހައްޓައިފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީވެސް ހިނގަނީ އެމަނިކުފާނުގެ އިރުޝާދުން ކަމަށެވެ. ޕީޕީއެމްގެ ހިންގުމަށް ބަދަލުތަކެއްވެސް ގެންނަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Vagu kaleyge

    ކަލޭ ދެން މި ގައުމުގެ ވެރިކަން މަތިން ހަނދާން ނައްތާލާ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ