އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް - ފޮޓޯ: ރާއްޖެޓީވީ

އީ ވޯޓިން އަށް ދާންވާނީ ރައްޔިތުންގެ އިތުބާރު ފުރިހަމައަށް ލިބުމުން - އަކްރަމް

އީ ވޯޓިން އަކަށް ދާން ވާނީ ރައްޔިތުންގެ އިތުބާރު ފުރިހަމައަށް ލިބުމުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އީ ވޯޓިން އަށްދާން ރާއްޖެ އަދި ތައްޔާރު ނޫން ކަމަށާއި އަދި މުއައްސަސާތަކުން އެހާވަރަށް ރައްޔިތުންގެ އިތުބާރު ނުހޯދޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރިޕްލައި ކުރައްވައި އަކްރަމް ވިދާޅު ވެފައިވަނީ އެފަދަ ބަދަލަކަށް ދާން ވާނީ ރައްޔިތުންގެ އިތުބާރު ފުރިހަމައަށް ލިބުމުން ކަމަށެވެ.

ޓްވީޓްގައި އެމީހާ އިތުރަށް ބުނެފައިވަނީ އީ ވޯޓިން އަކަށް ދިއުމަށް ފުރަތަމަ ވާން ޖެހޭ ކަމަކީ މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ކަށަވަރު ކުރުމާއި، ޖުޑީޝަރީއަށް ރައްޔިތުން އިތުބާރު ކުރުން ކަމަށެވެ.

އީ ވޯޓިންގެ ވާހަކަ އަކީ ތަންކޮޅެއް ކުރިން ވަރަށް ބޮޑަށް ދެކެވުނު ވާހަމައެއް ނަމަވެސް މި ފަހުން މި ވާހަކަ ދެކެވެން މި ފެށީ އީސީގެ މެންބަރު ފުޢާދު ތަޢުފީޤު އީ ވޯޓިންގެ ފައިދާ ތަކާއި ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އީ ވޯޓިން އަކަށް ދިއުމަށް މަޝްވަރާ ކުރެވިފައި ނުވާކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ