މިރޭގެ އެކްސިޑެންޓްގެ ތެރެއިން - ފޮޓޯ: ވަގުތު

އައްޑޫގައި ދެ ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ދެ ސައިކަލެއް ޖެހި، އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 9:45 ހާއިރު މަރަދޫ ބަނދަރު ސަރަޙައްދުގައި ހިނގި މިއެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށްވެސް މަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނައިރު އެއިގެން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އެއްކޮޅަށް ދުއްވާފައިދިޔަ މިދެސައިކަލު އެކްސިޑެންޓްވެފައިވަނީ އެތަނުން އެއް ސައިކަލު އަނބުރާލި ވަގުތު ފަހަތުން އައި ސައިކަލު އަނބުރާލި ސައިކަލުގައި ޖެހިއެވެ.

ދެމީހުންނަށް ލިބިފައިވާ އަނިޔާ އާއި ގުޅޭ ގޮތުން ރަސްމީ ފަރާތެއްގެ ބަހެއް އަދި ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ