ސްރީލަންކާގައި މުސްލިމުންނާއި ދެކޮޅަށް ދެވުނު ހަމަލާއެއްގައި އެކަކު މަރުވެއްޖެ

ސްރީލަންކާގެ ބައެއް ފައްޅިތަކަށާއި އަދި ބައެއް ހޮޓާތަކަށް ޖާނު ގޮއްވައިލައިގެން ދިން ނިރުބަވެރި ހަމަލާ ތަކާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނާއި ދެކޮޅަށް ދެވޭ ހަމަލާތަކުގައި މިހާތަނަށް އެކަކު މަރުވެއްޖެއެވެ.

މިގޮތުން ތޫނު އެއްޗެހިން ދެވުނު މި ހަމަލާގައި މަރުވެފައިވަނީ 45 އަހަރުގެ މުސްލިމެކެވެ. މިމީހާ އަށް ގުރޫޕަކުން ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ މިމީހާ މަސައްކަތްކުރާ ކާރޕެންޓަރީގައި ހުއްޓައި އިއްޔެއެވެ. އަދި މަރުވެފައިވަނީ ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުސްލިމުންނާއި ދެކޮޅަށް ސްރީލަންކާގައި ހަމަލާތައްދޭން ފެށުމާއި ގުޅިގެން ސްރީލަންކާ ސަރުކާރުން މިހާރުވަނީ ކާފިއު އިއުލާންކޮށް ސޯސަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.

ސްރީލަންކާގައި މުސްލިމުންގެ ނިސަބަތް މަދު ނަމަވެސް ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަކީ ނިސްބަތުން ތަނަވަސް ބަޔެކެވެ. މިކަމުގެ ސަބަބުން މީގެ ކުރިންވެސް ސްރީލަންކާގެ ބުޑިސްޓުންވަނީ ސްރީލަންކާގެ މުސްލިމް ވިޔަފާރި ތަކަށް ގެއްލުން ދިނުންފަދަ ކަންތައް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ