ބަދިގެތެރޭން - ކުކުޅު ބިރިޔާނި

ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ކުކުޅު ބިރިޔާނި ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާނެ ތަކެތި:

 • 1 ކިލޯ ކުކުޅު ( ކޮށާފައި)
 • 700 ގ. ހަނޑޫ
 • 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
 • 8 ބިސް ( ފެނުކައްކާފައި )
 • 4 ހިކަނދިފަތް
 • 8 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށްބުރިކޮށް ފައިހުރި)
 • 2 ގިތެޔޮމިރުސް ( ކޮށާފައި)
 • 1 ޖޯޑު ހިކިމޭބިސްކަދުރު
 • 1 ޖޯޑުކަނަމަދު
 • 5 ލޮނުމެދު ( ގާނާފައި )
 • 1 މޭޒުމަތީ ސަމުސާ ހިކިމިރުސް ( ތަޅާފައިހުރި)
 • 2 އިންޗީގެ ފޮނިތޮށިކޮޅެއް ( 3 ބުރިކޮށްފައި)
 • 600 ގ. ފިޔާ ( ކޮށާފައި)
 • 2 /1 1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
 • 1 މޭޒުމަތީ ސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)
 • ) 1 ޖޯޑު ނުފުރާހުރި ހަނާކުރި ހަވާދު ( ފުނޑާފައިހުރި
 • 1 ޖޯޑު ކާށި ބޯކިރު
 • ލޮނުކޮޅެއް
 • ރީނދޫކޮޅެއް
 • ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

ހަނޑޫކޮޅު ކުލަހިފާވަރަށް ރީނދުލާއި ލޮނު އަދި 4 ރާނބާފަތްކޮޅާއި 3 ބުރި ފޮނިތޮށި ލައިގެން ކައްކާފައި ބަހައްޓާށެވެ. ދެން ތަވާ އުދާލާފައި ތެޔޮ އަޅާފައި ކެކުމުން ފިޔާކޮޅުގެ ދެބައިކުޅައެއްބަޔާއި ކަނަމަދު އަދި ހިކި މޭބިސްކަދުރާއި މި 3 ބައި ތެލުލާފައި ނަގާފައި ޓިޝޫގައި ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮފޮދެއް އަޅާލާފައި ހޫނުޥީމާ ފިޔާ، ހިކަނދިފަތް، ރާނބާފަތް، ރީނދޫ (ކުޑަކުޑަ ރީނދޫކޮޅެއް) އަދި ގިތެޔޮމިރުސް، އެއްކޮށްލުމަށްފަހު ފިޔާމޯޅިވީމާ ކުކުޅުކޮޅާއި އަދި ރިހަޔަށް ބޭނުންވާހުރިހާބާވަތްތައްއެއްކޮށް އަޅާލާފައި ކުކުޅުމަސްރޯފިލަންދެން ކައްކާލާށެވެ. ދެން ފުން ޓްރޭ އަކަށް ނުވަތަ ތެއްޔަކަށް ބަތްފަށަލެއް އަޅާފައި (1 އިންޗީގެ ބޯމިނަށް) ފަތުރާލާފައި މަސްތައްއަޅާފައި ފިޔާކޮޅަކާއި ހިކިމޭބިސް ކަދުރު އަދިކަނަމަދާއި 3 ބައިންވެސް އެތިކޮޅެއް މައްޗަށް ވިއްސާލާފައި ބިސް ފަޅިވެސް އަތުރާލާށެވެ. ބަތާއި ރިހަހުސްވަންދެން ފަށަލަ ފަށަލަޔަށް އަޅާށެވެ.

މިހާރު މިވަނީ ކުކުޅު ބިރިޔާނި ތައްޔާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ