ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗޮކޮލެޓް މޫސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާނެ ތަކެތި:
- 5 ބިހުގެ ގޮބޮޅި
- 75 ގ. އައިސިންގ
- 30 ގ. ޗޮކޮލެޓް ނުވަތަ ކުލަ ހިފާވަރަށް ކޮކޯ ޕައުޑަރ ކޮޅެއް
- 12 ގ. ޖެލެޓިން
- 175 އެމް އެލް ވިޕިންގ ކްރީމް
- 2 ސައިސަމުސާ ވެނީލާ އެސެންސް
- 50 ގ. ހިކިކިރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ބިހުގެ ގޮބޮޅިއާއި އައިސިން ޝުގަރ އަދި ވެނީލާ އެސެންސް އެއްކޮށް ގާތްގަނޑަކަށް 13 ވަރަކަށް މިނިޓް ވަންދެން ނުވަތަ ރަނގަޅަށް ގިރެން ދެން ގިރާލާށެވެ. ކްރީމް އާއި ހިކިރު އެއްކޮށް ރަނގަޅަށް ގިރާފައި އެބައި ވެސް އެއްކޮށްލާށެވެ. ދެން ޖެލެޓިންކޮޅު ހޫނުފެން ފޮދެއް ގައި ގިރާފއި އެބައިވެސް ކުރީގެ ބަޔާއި އެއްކޮށް މިކްސްކޮށްފައި ޓްރޭއަކަށް ނުވަތަ ބޯލްއަކަށް އަޅާފައި ސެޓް ކުރަން ބަހައްޓާށެވެ.
މިހާރު މިވަނީ ޗޮކޮލެޓް މޫސް ތައްޔާރުކޮށް ނިމިފައެވެ.