މުލަކަތޮޅު އަތޮޅު ކައުންސިލަށް ދިމާވެފައިވާ ދަތިތަކާމެދު މަޝްވަރާކޮށްފޮ

‎މުލަކަތޮޅު އަތޮޅު ކައުންސިލްގައި މުވައްޒަފުންގެ ދަތިކަން ހުރިކަން ފާހަގްކޮށް އެކަންކަމާއި ބެހޭ ގޮތުން ސިވިލްސަރވިސް ކޮމިޝަނާއި އެ ކައުންސިލުން މަޝްވަރާކޮށްފިއެވެ.
‎މި މަޝްވަރާތައް ކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން މުލަކަތޮޅު އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުން ތައް ހައްލުކުރެވިދާނެގޮތްތަކާމެދު އެ ކައުންސިލްގެ ފަރާތުން އިއްޔެ ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި އެކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު ކުރިޔަށްދިޔަ މަޝްވަރާތަކުގައެވެ.
‎ މި
‎ބައްދަލުވުމުގައި، މުލަކަތޮޅު ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި އެ އިދާރާއަށް މުވައްޒަފުންގެ ދަތިކަންހުރިކަން ފާހަގަކޮށް އެކަންކަމާބެހޭ ގޮތުން ކޮމިޝަނާއެކު ވަނީ މަޝްވަރާކޮށްފައެވެ. އަދި މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މުލަކަތޮޅު އަތޮޅު  ކައުންސިލް ބޭފުޅުންނަށް ވަނީ އަރުވާފައެވެ.

‎މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވަޑައިގެންނެވީ މުލަކަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޔޫސުފު ޞިދުޤީ އާއި ނައީބް ރައީސް އަލްފާޟިލް އަހްމަދު ހަސަން އާއި ކައުންސިލްގެ އެސިސްޓެންޓް ރިސާރޗް އޮފިސަރ އަލްފާޟިލް މުހައްމަދު އިކްރާމް އެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ