އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

15 އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު, އެކަކު ހައްޔަރުކޮށްފި

އިއްޔެ ހެނދުނު ރާއްޖޭގެ ރަށެއްގައި ވިހެއި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޖެންޑަރ މިނިސްޓަރީން ވިދާޅުވިއިރު، މި މައްސަލައިގައި އެކަކު ހައްޔަރުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީ ދިވެހި ބައެއް މީޑިއާތަކަށް ވިދާޅުވީ، ވިހެއި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ ހާލު "ސްޓޭބަލް" ކަމަށާއި، އެ ކުއްޖާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ފެށުމަށް" އެނގިފައިވާ ގޮތުގައި މެދުރާއްޖެތެރޭގެ ރަށެއްގައި އިއްޔެ ވިހެއި 15 އަހަރުގެ އަންހެން ކުއްޖާ ވިހާފައިވަނީ އާއިލާއާއެކު ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށެވެ. އިއްޔެ މެންދުރެއްހާ އިރު އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ، ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅު ބުރިކޮށްލަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ލޭ މަނާ ނުވެގެން ކަމަށާއި، ސިއްހީ މަރުކަޒަށް ގެންގޮސް ލޭ އަޅަން ޖެހުނު ކަމަށް ވެސް މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

އޭނާ ވިއްސުމުގައި އާއިލާ މީހަކާއި ރައްޓެހިވެގެން އުޅޭ މީހާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ، އެނގިފައިވާ ގޮތުގައި، ރައްޓެހިވެގެން އުޅުނު މީހާއެވެ. ނަމަވެސް މިކަންވެސް ފުލުހުން ކަށަވަރެއް ކޮށެއް ނުދެއެވެ.

އާއިލާ އެކު ދިރިއުޅެމުން އައި 15 އަހަރުގެ ކުއްޖާ ބަލިވެ އިން ކަމެއް ރަށުގެ މީހުންނަކަށް ނޭނގޭއިރު، ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ވަރަށް ފަހަކާ ޖެހެންދެން ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ކުޑަ ކުއްޖަކު ވިހެއުމާއި އޭނާގެ ދަރިފުޅު މަރުވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ފަތިފުއް

    ކީއްވެތަ އެބައެއްގެ ނަން ހާމަ ކޮށްލަންނުކެރުނުތާންގަ ރަށްހާމަނުކޮށްލީ ތިވަރަށް ސިއްރު ކުރިއެއްކަމަކު އަދިއެނގޭނެ

  2. Faath

    Ti kujaa beynun noon nama dhulhaheyo kamaaeku vihaafa jendaa aa havaalu kurinama, eyrun thi dharifulhu libeytho kudakudhinge hiyaa ah dhiyaeemus ???

    11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ