ރައީސް ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ޑރ. ޖަމީލް ޕީޕީއެމަށް ސޮއިކުރައްވާފައި މިވަނީ މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޑރ. ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގެންނެވި އިރު އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމަށްވެސް ޖަމީލް ވަނީ މިރޭ އައްޔަން ކުރައްވާފައެވެ.
ޖަމީލް އެންމެ ފަހުން ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައެވެ. ނަމަވެސް ރައީސް ޔާމީނާއެކު ކައުންސިލް އިންތިހާބުގެ ކެންޕެއިނަށް އަތޮޅުތަކަށްވެސް ޖަމީލް ވަޑައިގެންނެވިއެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމްވެސް ލީޑް ކުރައްވަނީ ޖަމީލްއެވެ.
ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނާއިބު ރައީސް އެވެ. ނަމަވެސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ވަނީ މަގާމު ގެއްލުވާލައިފަ އެވެ. ފަހުން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް ވެސް ޖަމީލު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހަކަށް އައިސް ޖަމީލު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މި ސަރުކާރަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ.





ހިޔާލު
ސިޔާސީ ކަމަކީ މިކަހަލަ ކަމެއް. ކަރުވާފޫސެއް މަބުނަން