ހުޅުމާލޭގައި ވޯޓާ ސޭފްޓީ ބޯޑުތައް ބަހައްޓަނީ

ޓުއަރިޒަމް މިނިސްޓްރީއާއި، ގެސްޓް ހައުސް އެސޯސިއޭޝަންއާއި، ޓޫރިސްޓް ޕޮލިސްއާއި، އަދި އެމްއެންޑީއެފްއާ ކޯސްޓްގާޑް ގުޅިގެން ހުޅުމާލޭގައި ވޯޓާ ސޭފްޓީ ބޯޑްތަަކެއް ބަހައްޓަން ނިންމައިފިއެވެ.

މިގޮތަށް ނިންމިކަން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވަނީ އެމިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވޯޓާ ސޭފްޓީ ބޯޑުތައް ބެހެއްޓުމުގެ ޕްރޮަގްރާމް ލޯންޗްކުރަންް ނިންމީ މިދިޔަ ހަ މަސްދުވަހު ހިނގައިފައިވާ ހާދިސާތަކަށް ބެލުމަށް ފަހު ކަަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ގުޅިގެން އެ ރަށްތަކުގައި ވޯޓާ ސޭފްޓީ ބޯޑުތައް ބެހެއްޓުން ކަމަށެވެ.

ވޯޓާ ސޭފްޓީ ބޯޑަކީ މޫދުގައި އުޅުމުގައި ރައްކާތެރިވާން ޖެހޭ ކަންކަމަށް ރިއާޔަތްކޮށް ތަފާތު މައުލޫމާތުތައް ހިމަނައިގެން އެކި ލިޔުންތައް ލިޔެފައި ހުންނަ ބޯޑެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ