މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ އިޙްޔާ ޖަލްސާ މިރޭ

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން މިއަހަރު ބާއްވާ ފުރަތަމަ އިޙްޔާ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިގޮތުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިރޭގެ ޖަލްސާގެ މައުޟޫއަކީ، "އިސްލާމްދީނާއި ޖިހާދު" ކަމަށް އެ ފައުންޑޭޝަންގެ ފަރާތުން މައުލޫމާތު ދެއެވެ. މި ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ވާހަކަފުޅު ދައްކާނެކަމަށްވެސް އެ ފައުންޑޭޝަންގެ ފަރާތުން މައުލޫމާތު ދެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޖަލްސާތަކަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ފެއްޓެވި ޕްރަގުރާމެކެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޖުމްލަ ތިން ޖަލްސާ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ