އެމެރިކާގެ އަލަބާމާގެ ގާނޫނު ހަދާ މަޖިލީހުން، އެބޯޓްކުރުން މަނާކުރާ ބިލެއް ފާސްކޮށްފިއެވެ.
މި ބިލުގައި ވާގޮތުން އެބޯޓްކޮށްދޭ ޑޮކްޓަރުން އުމުރު ދުވަހަށް ޖަލަށް ލެވޭނެއެވެ. މިއީ އެބޯޓްކުރުން ހުއްޓުވުމަށް މިފަދަ ހަރުކަށި ބިލެއް އެމެރިކާގައި ފާސްކުރި ފުރަތަމަ ފަހަރެވެ. މި ބިލުގައި އިތުރަށް ބުނެފައިވަނީ އެބޯޓްކުރުން ހުއްދަވާނެ ހަމައެކަނި ހާލަތަކީ، އެބޯޓް ނުކޮށްފިނަމަ ކުއްޖާގެ މަންމަގެ ފުރާނައަށް ނުރައްކާވެދާނެފަދަ ދަނޑިވަޅެއްގައެވެ.
މި ބިލު ފާސްކުރުމަށް އަލަބާމާ ސްޓޭޓް ސެނެޓުގެ 25 މެންބަރުން ވޯޓުދިން އިރު ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 6 މެންބަރުންނެވެ. އަލަބާމާ ސްޓޭޓް ސެނެޓުގެ މެޖޯރިޓީ މެންބަރުންނަކީ ރިޕަބްލިކުންގެ މެންބަރުންނެވެ.
މި ބިލު ގާނޫނަކަށް ވެގެންދާނީ ގަވަރނަރ ކޭ އިވީ މިބިލު ތަސްދީގް ކުރުމަށް ސޮއި ކުރުމުންނެވެ. މި ބިލު ގާނޫނަކަށް ވެގެންދިޔަ ނަމަވެސް އަމަލުކުރަން ފަށާނީ ހަމަސްދުވަސް ފަހުންނެވެ.




