މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުން ފެނުނު ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ


މިމަހުގެ 12 ވަނަ ދުވަހު މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުން ފެނުނު ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އާންމު ފަރާތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، އެފައިސާތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. މިފައިސާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހު 12 ވަނަ ދުވަހު ކަމަށެވެ.

އެފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލައްވައެވެ.

ވައްކަމުގެ މައްސަލަތައް ރަމަޟާން މަހާއި ދިމާކޮށް އިތުރުވެފައިމިވާ ދަނޑިވަޅުގައި ރައްޔިތުން ގެންގުޅޭ މިފަދަ އަގުބޮޑެތި ތަކެއްޗަށް ސަމާލުވުމަށް ކަމާބެހޭ އިދާރާ ތަކުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ