ސިނަމާލެ ބުރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ކަހާލައިގެން 116 ފޫޓަށް ގޮސް އިތުރު ސައިކަލެއް ގައި ޖެހިއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ދުއްވާފައި ދިޔަ ސައިކަލު އޯވާޓޭކް ކުރުމަށް ކާރު ލޭން އަށް އެރި ވަގުތު، އެ ލޭން އިން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިފައި ކަމަށެވެ.
މިއަދު ހެނދުނު 9:15 ހާއިރު މި އެކްސިޑެންޓް ހިނގާފައިވާއިރު، ކަހާލައިގެން ދިޔަ ސައިކަލް ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސައިކަލް ދުއްވަން އިން މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، ސައިކަލު ކަހާލައިގެން ގޮސް ޖެހުނު އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކިވަރުގެ ކުދި އަނިޔާ ލިބިފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކަހާލައިގެން ދިޔަ ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށާއި، އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ދުއްވަން އިން ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ހިޔާލު
Enme bodu massala akeee dhe saikau evarah dhamun loabeege vaahaka dhehkun
Overtake lane eh oiy nama thihen nuvys.. bridge ge ehbai alhaafa othyma vaane goi
ކޮމެންޓް ކުރުން ބަންދު