ވަގަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންވެސްޓިގޭޝަންއަކަށް ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ނުވަތަ ފުލުހުންނާ ގުޅެ ނަންބަރު 3322111 ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤަށް މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން ދޭތެރެ ދޭތެރެއިން އެދިލައްވާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އާއްމު ރައްޔިތުންނަށް ފުލުހުން ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ