އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މަހިބަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން، ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރޭ ފަތިހު 05:40 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މަހިބަދޫ މަގުމަތިން ސައިކަލެއްގައި މިމީހާ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު، މީނާ ދުއްވަން އިން ސައިކަލުގެ މަޑިދަށުން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤުކުރަމުނެވެ.