ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވެވި އިންތިހާބީ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ގެ އެހީތެރިކަން ނޮޅިވަރަމްގެ ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.
މިގޮތުން މުހައްމަދު ނަޝީދު އަބްދުﷲ ވަނީ، ނޮޅިވަރަމް ސްކޫލު ވައައްޒަފުންގެ ބޭނުމަށް އައިސް އަލަމާރިއަކާއި، ނޮޅިވަރަމް ހެލްތް ސެންޓަރަށް ވޯޓަރ ޑިސްޕެންސަރ އަކާއި، އަދި ނޮޅިވަރަމް އަންހެން ކަނބަލުންގެ އެދުމަށް ފަސް ޖޯލީގެ ތިން ޖޯލިފަތިވެސް ހަދިޔާ ކޮށްފައެވެ.

މުހައްމަދު ނަޝީދު އަބްދުﷲ އަކީ މިދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވެވި ފަރާތެކެވެ.

ނޮޅިވަރަމް ދާއިރާގައި ނޮޅިވަރަމްގެ އިތުރުން ދެން ހިމެނެނީ ނޮޅިވަރަންފަރެވެ. މުހައްމަދު ނަޝީދު އަބްދުﷲ ފާހަގަ ކޮށްލެވެނީ ދާއިރާގެ ރައްޔިތުންގެ ކިތަންމެ ކުޑަ ބޭނުމެއް ނަމަވެސް ފުއްދައި ދިނުމަށް މަސައްކަތްކުރާ ބޭފުޅެއްގެ ގޮތުގައެވެ.