"ހިލޭ ޑިގްރީއަށް އެދުނު ކުދިންގެ ފައިސާ ޖަމާވާނެ ވަކި މުއްދަތެއް ނޭނގޭ"

ހިލޭ ޑިގްރީއަށް އެދުނު ކުދިންގެ ފައިސާ ޖަމާވާނެ ވަކި މުއްދަތެއް ނޭނގޭކަމަށް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ، އިބްރާހިމް ނަޞީމް މީޑިއާއަށް މަޢުލޫމާތުދެމުން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުގެ ދަށުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ހުށައެޅި އެއްވެސް ދަރިވަރަކަށް މިއަދާއި ހަމައަށް އައިއިރު އަދި އެއްވެސް ފައިސާއެއް ޖަމާވެފައިވާ ނުވާކަމަށް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ، އިބްރާހިމް ނަޞީމް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން ޓާގެޓް ތަކެއް ކަނޑައަޅައިގެން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންނަށް އިންވޮއިސް ލިބި ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފައިސާ ހަމަޖެހޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ފައިސާ އަދި އެއްވެސް ކުއްޖަކަށް ޖަމައެއް ނުވޭ. ފައިސާ ޖަމާވާނެ ވަކި މުއްދަތެއް އަދި ދަންނަވާކަށް ނޭނގޭ." ނަސީމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1500 ދަރިވަރުންނަށް، ޑިގްރީ ޕްރޮގްރާމަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކޮށް، އެ ދަރިވަރުންނާއި އެކު އެގްރީމެންޓްތައް ހެދިފައިވާއިރު އެކުދިންގެ ފައިސާ ޖަމާކުރުމަށް ފިނޭންސް އަށް ފޮނުވަން ޖެހޭ އިންވޮއިސްތައް ފޮނުވައިދިނުމަށް އެދި ކޮލެޖްތަކަށް އަންގާފައިވާނެ ކަމަށްވެސް ނަޞީމް ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ޓިއުޝަން ފީގެ ގޮތުގައި ކުދިން ދައްކާފައި ހުރި ފައިސާ ރިފަންޑް ކޮށްދިނުން އެދި އެ މިނިސްޓްރީ އަށް ހުށަހެޅުމުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ނަޞީމް ވިދާޅުވިއެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ، ކޯހުގައި ހިލޭ ކިޔެވުމަށް ދޭ ހުއްދައިގެ ލިޔުން ލިބުމަށްފަހުގައި ކަމަށްވެސް ނަޞީމް ވިދާޅުވިއެވެ.

ހިލޭ ކިޔަވައިދިނުމުގެ ހުއްދަ ދީފައިވަނީ ޖުމްލަ 15 މަރުކަޒަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ 6 މަރުކަޒަކާއި، އަމިއްލަ 9 މަޒުކަޒެކެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބުނު ދަރިވަރުން މިފައިސާ ޖަމާނުވެ ގިނަ ދުވަސްތަކެއްވަމުންދާތީ މިކަމުގެ ކަންބޮޑުވުން އެދަރިވަރުންވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ