ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް - ފޮޓޯ: އަވަސް

ފޭދޫ އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން – މިނިސްޓަރ

ފޭދޫ އަންހެން މީހާއަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާނެ ކަމަށާއި، އެ އަނިޔާވެރި ޢަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އުމުރުން، 50 އަހަރުގެ މިއަންހެންމީހާ ބަނދެ، އަނިޔާކުރި މައްސަލަ ފެންމަތިވީ، ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވުމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް ލައްވައިފަ އެވެ.

އަންހެން މީހާ ބަނދެފައި ހުރި މަންޒަރުގެ ފޮޓޯ ދައުރުވުމުން، ބައެއް މީހުން ދަނީ އެ އަމަލު ކުށްވެރިކޮށް، ނުރުހުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ސިފަކޮށްފައިވާ ގޮތުގައި، އެއީ، "ވަރަށް ރަހުމްކުޑަ، ލާއިންސާނީ އަމަލެކެ"ވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭކަމަށް މަޢުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ali

    Thi meehakah adhi thi meehaage dharinnah thi aniyaathah libemun dhaathaa kithamme dhuvaheh. Ekamaa gulhigen adu ufulaane meeheh nuvi . ethah faharaku gender ministry in mikan balaa. Edhevey hahlleh nulibunee keehvve. Thihen holhi dhandeega ehssumah vure bodethi aniyaathah ves vany libifa. Rashu komme meehehvves facebook ga varah dhera ey degrade kamekey liyaairu ehn kiyaafa meege kurin ekamaa behey gothun egothah adu noofuleven v keehvve? Ethah bayaku dheravaa kamah dhehkkeny kaaa ehcheh nethigen gos eheema ethanakun fahssaanulaa geyeh madhuwaane. Miadhu ekamah kommes varehgge edhevey hahlleh libemun dhaathy alhugandu ufaakuran. Kuriah oiy dhuvasthakuga ehn aailaa thakekey ehfadhain e aailaaves dhiri ulhemun dhaathan dhekumaky alhugandu abadhuves kuraa foni ummeedheh ? insaafu beynun vany emeehaa ah adhi emeehaage aailaa ah kohffaivaa jehssumaa aniyaa ah alhugandu beynun wany insaaf. Rilwan ah insaaf hoadhaa fadhain hama insaaf beynun. ?

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ