ޖޫންމަހު ޓުރަމްޕް ސައުތު ކޮރެއާއަށް ޒިޔާރަތް ކުރައްވަނީ

ކުރިއަށް އޮތް ޖޫންމަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ސައުތު ކޮރެއާއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޓުރަމްޕް ސައުތު ކޮރެއާއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގައި ޖަޕާންގެ އޮސާކާގައި އޮންނަ ޖީ20 ގެ ގައުމު ތަކުގެ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސައުތު ކޮރެއާއަށް ޓުރަމްޕް މިކުރައްވާ ޒިޔާރަތުގައި ސައުތު ކޮރެއާގެ ރައީސް މޫން ޖައި އިން އާއި ބައްދަލުކޮށް ކޮރެއަން ޕެނެޒިއުލާގެ ނިއުކުލިއަރ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައި ވާކަމަށް ދެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ޓުރަމްޕް ސައުތު ކޮރެއާއަށް ޒިޔާރަތްކޮށް އެސަރަހައްދުގެ ނިއުކުލިއަރ ހަތިޔާރާއި ބެހޭ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި މިވަނީ، ނޯތް ކޮރެއާގެ ރައީސް ކިމް ޖުން އުން އާއި އެކު ބޭއްވި ބައްދަލު ވުންތައް ނާކާމިޔާބު ވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ