ފެށުން ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ އަލުވި ޗީސް ބޯލް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 3 އަލުވި ( މަޑުކޮށްފައި)
- ½ މޭޒުމަތީ ސަމުސާ އަސޭމިރުސް ( މުގުރާފައި)
- ¼ މޭޒުމަތީސަމުސާ ދިރި ( މުގުރާފައި)
- ލޮނު ( ރަހަލާވަރަށް)
- ½ މޭޒުމަތީ ސަމުސާ ތެޅި މިރުސް
- ރޯމިރުސް ( ކުދިކޮށް ކޮށާފައި)
- 1 ލުނބޯ ހުތް
- 1 ކެޕްސިކަމް ( ކުޑަ)
- 1 ޓޮމާތޯ ( ކޮށާފައި)
- ފޮތި ޗީސް
- ފުއް
- ބިސް ( ތަޅާފައި)
- ފާރޮށިކުނޑި
ތައްޔާރުކުރާނެގޮތް:
ފުރަތަމަ މަޑު ކޮށްފައި ހުރި އަލުވި ކޮޅު ތައްޓެއްގެ ތެރެއަށް އެޅުމަށްފަހު ސަމުސަލަކުން އަލުވިތައް ފުނޑުކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް އަސޭމިރުހާއި، ދިރިއާއި، ލޮނާއި، ތެޅިމިރުހާއި، ރޯމިރުހާއި، ލުނބޯހުތާއި، ކެޕްސިކަމް އަދި ޓޮމާޓޯ އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ.
ރަނގަޅަށް އެއްކުރެވުމުން، އަތުގައި ތެޔޮ ކުޑަ ތެޔޮ ފޮދެއް ހޭކުމަށްފަހު، އެއްކޮށްފައިރު އަލުވިން ގުޅަހަދަން ފަށާށެވެ. ގުޅަހަދާއިރު ކޮންމެ ގުޅައެއްގެ ތެރެއަށް ޗީސް ލާންވާނެއެވެ. ދެންއެއަށްފަހު ބިސް ތައްޓެއްގެ ތެރެއަށް ތަޅާލުމަށެފަހު، ކޮންމެ ގުޅައެއްގައި ގޮދަންފުއް ހާކާ އޭގެ ތެރެއަށް ގުޅަ ލާ ގިރުވާލާށެވެ. އަދި އެއަށްފަހު ފާރޮށިކުނޑި ހޭކުމަށްފަހު ތެލުލާށެވެ. މިހާރު ތިހުރީ އަލުވި ޗީސް ބޯލް ތައްޔާރުކޮށްނިމިފައެވެ.