މަޖީދީ މަގު ޑިލައިޓް ކައިރިން، ކަފިހުރަސް މަތިން މަގު ހުރަސް ކުރި އަންހެން ގައިގައި ސައިކަލުން ޖެހި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 12:17 ހާއިރު ކަމަށާއި، ސައިކަލުން ޖެހިފައި ވަނީ މަގު ހުރަސް ކުރި އުމުރުން 26 އަހަރުގެ އަންހެނެއްގެ ގައިގައި ކަމަށެވެ.
29 އަހަރުގެ މީހަކު ދުއްވި ސައިކަލަކުން މަގުހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވެފައިވާއިރު، ސައިކަލް ދުއްވަން އިން މީހާއެއް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ސައިކަލުން ޖެހުނު އަންހެން މީހާގެ ކަކުލަށް އަނިޔާވެފައިވެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިންތިހާއަށް ގިނަވެފައިވާއިރު، ވޭރުވެދިޔަ ހަފްތާގައި އެކަނިވެސް މާލޭގައި 59 އެކްސިޑެންޓް ހިނގާފައިވެއެވެ.