އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާދޭން ނިންމަވައިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕުރަގުރާމަކަށް މިއަދު ދެއްވި ހާއްސަ އިންޓަރވިއު އެއްގައެވެ.
މިގޮތުން ޝަރީފް އާއި ހަވާލާދީ އެނޫހުގައި ބުނެފައިވަނީ، އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުން ޝަރީފް އިސްތިއުފާދޭން ނިންމެވީ މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީކަމަށެވެ.
މިގޮތުން ޝަރީފް އީސީގެ މެންބަރުކަމުން އިސްތިއުފާދިނުމަށް ނިންމަވައިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެވެ.
"މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަޤާމު ހުސްކުރުމުގެ ބަދަލުގައި އިންތިހާބް ފުރިހަމަކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅެނީ." ޝަރީފް ވިދާޅުވިއެވެ.