މޮރިސަންގެ ކޯލިޝަނުން އޮސްޓްރޭލިޔާގެ އިންތިހާބު ކާމިޔާބު ކުރާނެކަމަށް ބެލެވެން ފަށައިފި

އޮސްޓްރޭލިއާގެ މިހާރުގެ ޕުރައިމް މިނިސްޓަރ ސުކޮޓް މޮރިސަން ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަރވޭޓިވް ކޯލިޝަން އިން އޮސަޓްރޭލިއާގައި އިއްޔެ ބޭއްވި ޕާލަމެންޓް އިންތިހާބް ކާމިޔާބު ކުރާނެކަމަށް ބެލެވެން ފަށައިފިއެވެ.

މިހާތަނަށް 75 އިންސައްތަ ވޯޓު ގުނައިފައި ވާއިރު މިހާރުގެ ޕުރައިމް މިނިސްޓަރ ސުކޮޓް މޮރިސަން ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަރވޭޓިވް ކޯލިޝަން އިން ވަނީ 73 ގޮނޑި ކާމިޔާބު ކޮށްފައެވެ. މެޖޯރިޓީ ހޯދުމަށް އިތުރަށް ބޭނުންވަނީ ތިން ގޮނޑިއެވެ.

ކޮންޒަރވޭޓިވް ކޯލިޝަނާއި އެންމެ ގާތުން ވާދަކުރި އަދި މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ލޭބަރ ޕާޓީ އަށް ކާމިޔާބު ކުރެވުނީ 65 ގޮނޑި އެވެ. މި ނަތީޖާ އާއެކު ލޭބަރ ޕާޓީގެ ލީޑަރ ބިލް ޝޯޓެންވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ޕާޓީ މެންބަރުންނާއި ވާހަކަ ދައްކަމުން ބިލް ޝޯޓެން ބުނެފައިވަނީ، ދެން އަންނަ ސަރުކާރެއް އެކުލަވާ ލެވޭނެ މިންވަރަށް ގޮނޑި ކާމިޔާބު ނުވާނެކަން ޔަގީންވާ ކަމަށެވެ.

މެޖޯރިޓީ ހޯދުމަށް ކޮންޒަރވޭޓިވް ކޯލިޝަނަށް ބޭނުންވާ އިތުރު ތިންގޮނޑި ކާމިޔާބު ނުކުރެވިއްޖެނަމަ މިނިވަން ކެންޑިޑޭޓުންގެ އެހީ ކޯލިޝަނުން ހޯދަން ޖެހޭނެއެވެ. އިންތިހާބުގެ ފައިނަލް ނަތީޖާ އިނގެން އަދި ގަޑިއިރުތަކެއް ނަގާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް