އިތުރު 31 މީހުން ކޮވިޑް-19 އިން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރެއިން އިތުރު 31 މީހުން އެބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބު ހާމަކުރުމަށް އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަލަށް ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދަކީ 31 މީހުންކަމަށާއި އަދި މިއާއެކު މުޅި ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު 2428 އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލައިލާއިރު މިބައްޔަށް މިއަދު ޕޮޒިޓިވުވެފައިވަނީ 17 މީހުންނެވެ. މިއާއެކު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ޖުމަލް އަދަދުވަނީ 3120 އަރައިފައެވެ. މުޅި ޖުމަލް މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރާއްޖެއިން ނެގި ސާމްޕަލްގެ އަދަދަކީ 70050 އެވެ.

ރާއްޖޭގައި ކޮވިޑް-19 އިން މިހާތަނަށް 2428 މީހުން ރަނގަޅުވެފައިވާއިރު މިބައްޔަށް ޕޮޒިޓިވުވެގެން ފަރުވާދެމުންދަނީ 626 މީހުންނަށެވެ. އަދި ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 15 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ