މައްސަލަތައް އަވަސްކުރުމާމެދު ޝިދާތާ ފުލުހުންނާއި މަޝްވަރާ ކޮށްފި

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީ އާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމާއި ގުޅޭ ގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ފުލުހުންގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވައިފި އެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ‏މިނިސްޓްރީއާ ގުޅުން ހުރި ޙައްސާސީ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމާއި ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިނިސްޓަރ ޝިދާތާ ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކުރައްވައިފި ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ފުލުހުންނާއި މަޝްވަރާ ކޮށްފައި މިވަނީ، ކުޑަކުދިންނާއި، ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް މިދިޔަ ހަފްތާ ތެރޭގައި ފެންމަތި ވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ