ސަލާމަތީ ސަބަބުތަކަކާހުރެ އެންސީޓީސީގެ ޓްވިޓަރ މެދުކަނޑާލައިފި

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ރަސްމީ ޓްވިޓަރ އެކައުންޓަށް ސަލާމަތީ މައްސަލަތަކެއް ދިމާވި، ޓްވިޓަރ އެކައުންޓް ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލައިފިއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެސެންޓަރުގެ ޓްވިޓަރ އެކައުންޓަށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން، ސެކިއުރިޓީ ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ސީދާ ދިމާވި މައްސަލަ އެންސީޓީސީން ހާމަކުރައްވާފައެއް ނުވެއެވެ.

"މި ސެންޓަރުގެ ޓްވިޓަރ އެކައުންޓަށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން، ސެކިއުރިޓީ ރަނގަޅުކުރުމަށްޓަކައި މިގެންދަނީ މަސައްކަތް ކުރަމުން. އަދި މިވަގުތު މި އެކައުންޓްގެ ޚިދުމަތް ވަނީ މެދުކަނޑާލެވިފައި." އެންސީޓީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެންސީސޓީސީން ވިދާޅުވީ، ރަސްމީ ޓްވިޓަރ ވަގުތީގޮތުން ސަސްޕެންޑް ކުރި ނަމަވެސް އެ ސެންޓަރުގެ ހޮޓްލައިން 1615 ކުރިއެކޭވެސް އެއްގޮތަށް ބޭނުންކުރެވޭނެ ކަމަށެވެ.

"އެހެންނަމަވެސް ކުރިއެކޭ އެއްފަދައިން އެންސީޓީސީގެ 1615 ހޮޓްލައިން، info@nctc.gov.mv އީމެއިލް އަދި https://nctc.gov.mv ވެބްސައިޓް މެދުވެރިކޮށް މިސެންޓަރަށް މުއާސަލާތު ކުރެވޭނެ." އެންސީޓީން ވިދާޅުވިއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ރަސްމީ ޓްވިޓަރ އެކައުންޓަށް މައްސަލައެއް ދިމާވެ. ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލިއިރު މި ސަރަހައްދުގެ ޤައުމުތަކަށް ނިރުބަވެރިންގެ ނުރައްކާ އޮތްކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް