މަރްހޫމް ސިމްރާޙް ޢަލީ

މަރުހޫމް ޕޮލިސް ކޯޕްރަލް ސިމްރާޙްގެ ކަށުނަމާދު މިރޭ 11:30 ގައި

ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މިއަދު އިރުއޮއްސުނުއިރު ނިޔާވި، ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް ސިމްރާހް އަލީގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ 11:30 ގައި އާސަހަރާ މިސްކިތުގައި ކުރާގޮތަށް ހަމަޖައްސައިފިއެވެ.

ހދ.ކުޅުދުއްފުށި، ދިލާވަރު، ސިމްރާޙް ޢަލީ ނިޔާވެފައިވަނީ، މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީގައި ހުއްޓާ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދެވެ.

އުމުރުން 31 އަހަރުގެ ސިމްރާޙް ނިޔާވިއިރު، އަނތްބަކު ހުރިއިރު، ދަރިއަކު ނެތެވެ.

ސިމްރާޙްގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް މަރްހޫމްގެ އާއިލާއިން އެދިލައްވައެވެ.

މަރްހޫމް ޕޮލިސް ކޯޕަރަލް ސިމްރާޙް ޢަލީ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުންއެދި ދުއާކުރާހާލު، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ