ދިވެހި އަދަބިއްޔާތަަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާ އަށްވެސް އެތަކެއް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކޮޕީ މުހަންމަދު ރަޝީދުއަށް ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓްރޯކް ޖެހިވަޑައިގަތީ އިއްޔެގެ ހެނދުނުގެ ވަގުތުގައެވެ. އަދި މިވަގުތު ފަރުވާ ދެއްވަމުން ގެންދަވަނީ އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓްގައެވެ.
ކޮޕީ މުހައްމަދު ރަޝީދަކީ ދިވެހި އަދަބިއްޔާތަށާއި ނޫސްވެރިކަމަށް އެތައް ޚިދުމަތެއް ކުރައްވައި، އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ފަންނުތަކުގައި އަރާހުންނެވި ފަންނާނެކެވެ.
ކޮޕީ މުހައްމަދު ރަޝީދުވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަމާއި ޅެންވެރިކަމުން އާއްމު ހިދުމަތުގެ އިނާމް ހާސިލްކުރައް ވައިފައެވެ.